މަޖިލިސް އިންތިޚާބުގައި ރައްޔިތުން ނިންމާ ގޮތަކުން، ބޭނުންވި ބަދަލުތައް ގެނައުމަށް ހުރަސްއެޅިދާނެ- ރައީސް

ހޮނިހިރު ދުވަހު ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައްޔިތުން ނިންމާ ގޮތަކުން، އުއްމީދުކުރި އަދި ބޭނުންވި ބަދަލުތައް ގެނައުމަށް ހުރަސްއެޅިދާނެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި މަނަދޫ ދާއިރާ އަށް ވާދަ ކުރައްވާ އަހުމަދު ހާރޫންގެ ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އެންމެ ވޯޓަކީ ވެސް މުހިއްމު އެއްޗެއް. އަދި މަޖިލީހުގައި އިންނަ އެންމެ މެމްބަރަކީ ވެސް މުހިއްމު މެމްބަރެއް. އެހެންވެ ހޮނިހިދު ދުވަހުގެ ނިންމުން ވަރަށް ސާފުވާން ވާނެ،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވަރަށް ވިސްނުންތެރިކަމާއެކު ވޯޓު ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ