ޖޭޕީ ތެރެއަށް ކަނޑު ފޭރޭ ބަޔަކު ނުވަދޭ ނުވެސް ވައްދާނަން - ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ވަދެ ގަޑުބަޑުކުރާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ވިދާޅުވުމަށް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ރައްދު ދެއްވައިފިއެވެ.
ރޭ ވީޓީވީގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ޖުމްހޫރީޕާޓީ (ޖޭޕީ) ތެރެއަށް ކަނޑުފޭރޭ ބަޔަކު ނުވަންނަ ކަމަށާއި ނުވެސް ވައްދާނެ ކަމަށެވެ.
"ޖޭޕީ ތެރެއަށް ދީނާ ޚިލާފު އަދި ޤައުމިއްޔަތާ ޚިލާފުކަމެއް ކުރާކަށް ވެސް ނުވަދެއޭ, ކަނޑުފޭރޭ މީހުން ވަދެއްޖެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވިޔަސް އަޅުގަނޑު ދަންނަވާނީ ވަރަށް ސާފުކޮށް، ކަނޑުފޭރޭ އެއްވެސް މީހަކު އަޅުގަނޑުމެންގެ ޕާޓީގެ ތެރެއަކަށް ނުވަދެއޭ ޤާނޫނާއި ،" ޤާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ޢަދުލު އިންސާފު ޤާއިމް ނުކުރެވިގެން އުޅެނީ އޭރު ވެރިކަމުގައި ތިއްބަވާ ބޭފުޅުން ޢަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް އަތްބާނާތީ ކަމަށެވެ.
" އިންސާފުވެރިކޮށް ކަންތައްތައް ދާނީ ނުފޫޒެއްނެތި އިންސާފުގެ އުސޫލުން ކަންތައްތައް ކުރަން ޝަރޫޢީ ދާއިރާއަށް ފުރުސަތު ދީގެން މިނިވަންކަމާއި އިސްތިގުލާލާއި އިސްލާމްދީން ނަގަހައްޓައި ދަމަހައްޓަން އަޅުގަނޑުމެނ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުން ވަރަށް މުހިންމު " ގާސިމް ވިދާޅުވިއެވެ.
ޖެޕީ އަދި ޕީޕީއެމް ބައިވެރިވެގެން 14 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރަމުންދާ ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ ޤާސިމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި އިސްލާމްދީން ނަގަހައްޓައި ދަމަހައްޓަން އެޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުން ވަރަށް މުހިންމު ކަމަށެވެ.
" ޖޭޕީގެ ޖުމްލަ ކެންޑިޑޭޓުން ޢަދަދަކީ 46 އެ އެންމެންނަށް ވޯޓު ދެއްވުމަށް ދާއިރާތަކުގެ ރައްޔިތުންގެ ކިބައިން އެދެން " ނިންމާލަމުން ގާސިމް ފާހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ