ސައިކަލު ވަގަށް ނަގާ ވަގުން ހޯދަން ފުުލުހުން ނުކުމެއްޖެ

ރާއްޖޭގެ އެކި ހިސާބުތަކުގައި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ފުލުހުން
މިއަދު ފުލުހުން ވިދާޅުވީ، މިއޮޕަރޭޝަންގެ ތެރެއިން ރައްޔިތުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ވައްކަންކުރާ ފަރާތްތަކަށް ފުރުސަތު ކުޑަކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މިމަހުގެ އަށް ވަނަ ދުވަހު ފުލުހުން މި އޮޕަރޭޝަން ފެށިފަހުން 34 ސައިިކަލު ގެއްލިގެން ހުށަހަޅާފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 23 ސައިކަލެއްވަނީ ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިސައިކަލުތަކުގެ ތެރެއިން 11 ސައިކަލު ފުލުހުންގެ މަސައްކަތުން ހޯދާފައިވާއިރު 12 ސައިކަލު ހޯދާފައިވަނީ އެސައިކަލުތަކުގެ ވެރިފަރާތުންނެވެ. މީގެއިތުރުން މިއޮޕަރޭޝަން ފެށުމުގެ ކުރިން ގެއްލިގެން ހުށަހަޅާފައިވާ 9 ސައިކަލެއް ފުލުހުންވަނީ ހޯދާފައެވެ.
މިއޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ފުލުހުންގެ ތަޙުޤީޤަށް މިމީހުންގެ ފަރާތުން އެއްބާރުލުންދަނީ ލިބެމުންނެވެ.
ސައިކަލު ވަގަށް ނެގުން ހުއްޓުވުމާއި ސައިކަލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސައިކަލުގެ ވެރިފަރާތުން ނުވަތަ އެސައިކަލެއް ދުއްވާ ފަރާތަކުން ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އެގޮތުން ސައިކަލު ޕާކުކޮށްފައި ބަހައްޓާއިރު ހުންގާނު ލޮކްކޮށް އަދި އެއާއެކު ޝަޓަރ ލޮކް ކޮށްފައި ބެހެއްޓުމާއި ސައިކަލުގައި އެލަރމް ލޮކް ހަރުކުރުމާއި އަދި ސައިކަލު ހުރި ލޮކޭޝަން އެނގޭނެހެން ޖީޕީއެސް އެއް ކަހަލަ ޑިވައިސްއެއް ހަރުކޮށްފައި ބެހެއްޓުމާއި ގޮތް ނޭނގޭ މީހުންނާ ސައިކަލު ހަވާލުނުކުރުމަށާއި އަދި ސައިކަލު ޕާކު ކުރާއިރު އެކަހެރިކޮށް ހުންނަ ތަންތަނުގައި ސައިކަލު ޕާކު ނުކުރުމަށް އިލްތިމާސްކުރަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ