ހުޅުމާލެ ފޭސް1 ގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލޭ ފޭސް އެކެއްގައި މިރޭ ހަވާއަރުވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހާމަކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ހަވާ އަރުވާނީ މިރޭ 21:30 ގައިކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މިއީ އަމިއްލަ ފަރާތެއްގެ އިވެންޓެއްގައި ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށެވެ.
ހަވާ އެރުވުން ކުރިއަށްދާނީ 3 މިނެޓަށްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ހަވާއެރުވުމުގެ ފުރުސަތު އެމްއެންޑީއެފުން ވަނީ ފަހިކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ