މެމްބަރު ޔާމީންގެ ސައިކަލަށް ގެއްލުން ދީފި

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ސައިކަލަށް ރޭ ބަޔަކު ގެއްލުން ދީފި އެވެ.
ޔާމީން ވިދާޅުވީ މަޖިލިސް ކައިރީގައި ޕާކުކޮށްފައި ހުރި އޭނާގެ ސައިކަލަށް ރޭ 9:45 ހާއިރު ގެއްލުން ދީފައި ހުރި އިރު، ސައިކަލްގެ ހަން ފަޅާލައި، ސައިކަލުގެ ތަޅަށް ވެސް އެލްޓިކޯ އަޅާފައިވާ ކަމަށެވެ. އަދި ސައިކަލުގެ ކަވަރަށް ވެސް ގެއްލުންތައް ދީފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ސައިކަލަށް ގެއްލުން ދިން އިރު ޔާމީން އިންނެވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއްގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲގެ ސައިކަލަށް ވެސް ދާދި ފަހުން ބަޔަކު ވަނީ ބޮޑެތި ގެއްލުންތައްދީ އެ ސައިކަލް އަންދާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ