މަގާމުން ވަކިކުރުމަށްފަހު މަދަނީ އަބްދުﷲ ގެ މަގާމު އިއާދަކޮށްފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން އަބްދުﷲ މުހައްމަދު ވަކިކުރެއްވިކަން އެންގި އެންގުން ސަރުކާރުން އަނބުރާ ގެންގޮސްފި އެވެ.
މަދަނީ އަބްދުﷲގެ ނަމުން މަޝްހޫރު އަބްދުﷲ މަގާމުން ވަކިކުރެއްވި ކަން ރައީސް އޮފީހުން އޭނާއަށް އިއްޔެ އެންގެވުމަށްފަހު އަނބުރާ ވަޒީފާއަށް ނިކުންނަވަން އެންގުމުން އަބްދުﷲ މިއަދު ވަނީ އޮފީހަށް ނިކުންނަވާފަ އެވެ.
އަބްދުﷲ ވީނިއުސްއަށް މިއަދު ވިދާޅުވީ އޭނާ މިއަދު އޮފީހަށް ނިކުމެ މަސައްކަތުގައި އުޅެމުންދާ ކަމަށެވެ. ވަޒީފާއިން ވަކިކުރައްވާ އަލުން އޮފީހަށް ނިކުންނަވަން އެންގީ ކީއްވެގެންތޯ ދެންނެވުމުން އަބްދުﷲ އެ ސުވާލަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
އަބްދުﷲ މިއަދުވެސް ވިދާޅުވީ އޭނާ ސަރުކާރުގެ ވަޒީފާގައި ހުންނެވި ނަމަވެސް މިހާރު ބޮޑަށް ޝައުގުވެރިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވައިގެން މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް ކަމަށެވެ. އެގޮތުން ބޮޑަށް މަސައްކަތް ކުރައްވަނީ ހދ. ނޮޅިވަރަމް ދާއިރާގެ ސަރުކާރު ކޯލީޝަންގެ ޓިކެޓް ހޯދުމަށް ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ