ބާ އިންޖީނުގެ ހުރި ބިމުގައި ޕާކެއް ހަދަން ފަށައިފި

މާލޭ ބާ އިންޖީނުގެ ހުރި ބިމުގައި ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ހާއްސަ ޕާކެއް ހެދުމުގެ މަސައްކަތް މާލޭ މުނިސިޕަލްޓީން ފަށައިފި އެވެ.
މާލޭ މުނިސިޕަލްޓީގެ ރައީސް އަލީ ހުސެންދީދީ (އަލިދީ) މިއަދު ވިދާޅުވީ ކުރިން ވަގުތީ މިސްކިތް ހުރި ބިމުގައި ހަދާ ޕާކުގެ މަސައްކަތް މި ހަފުތާގައި ފައްޓަވައި ޕާކު އޮންނާނެ ގޮތް ޑިޒައިންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދެ ބުރިއަށް އިމާރާތް ކުރުމަށްފަހު މިދިޔަ ރޯދަ މަހު ހުޅުވި ސޮލާހުއްދީނު މިސްކިތާ އިންވެގެން ހަދާ ޕާކުގައި މާދަމާއިން ފެށިގެން ގަސް އިންދާ ޒީނަތްތެރިކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް މުނިސިޕަލްޓީން މިއަދު ވިދާޅުވި އެވެ. ނަމަވެސް އެޕާކަށް ދާނެ ހަރަދެއް މުނިސިޕަލްޓީން ވިދާޅެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ