މާލެ-ހުޅުމާލެ ކަރަންޓު ވިއުގަ އެނަޖައިޒް ކުރުމަށް މި ހަފްތާގެ ހަތަރު ދުވަހެއްގައި ކަރަންޓް ކެނޑިދާނެ

ގްރޭޓާމާލެ ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މާލެ ސަރަހައްދުގެ އިކި ހިސާބުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިިން ބުނެފިއެވެ.
މާލެ ސަރަހައްދުގެ ގްރިޑް އަނާޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21،18،17 އަދި 22 ވަނަ ދުވަހުއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެގޮތުން 17 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން 17:00 އަށް އެ މަސައްކަތް ކުރަމުންދާއިރު، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން 18 ވަނަ ދުވަހު ގްރިޑާއި މާލޭގެ އިންޖީނުގެއާއި ސިންކޮރޮނައިޒް ކުރެވިގެންދާނެ ކަމަށާއި، ގްރޭޓާމާލޭ ގްރިޑްގެ ދެވަނަ ސާރކިޓް އެނަޖައިޒް ކުރުމަށް ރޭވިފައިވަނީ 21 ވަނަ ދުވަހު ކަމަށް ސްޓެލްކޯއިން މައުލޫމާތުއެވެ. އަދި އެދުވަހުވެސް 8:00 އިން 17:00 އެ މަސައްކަތް ކުރިޔަށްދާއިރު، މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މީގެ އިތުރުން 22 ވަނަ ދުވަހު ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތް ކަމަށްވެސް މައުލޫމާތު ދިފައިވެއެވެ.
ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓްއިން ގުޅާލެވޭ މަޝްއޫއެކެވެ.
އަދި މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފަ އެވެ. މި ކަރަންޓުވިއުގައިން ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ