2023 ގެ އިންތިހާބުގައި ރައީސް ޔާމީނަށް ވާދައެއް ނުކުރެވޭނެ: ރައީސް މައުމޫން

ރައީސް އަބްދުﷲ ޔާމިނަށް ކޮށްފައިވާ ހުކުމް އެގޮތައް އޮއްވައި ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ދެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ ގެނެސްދިން ޕްރޮގުރާމެއްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫނު މިހެން ވިދާޅުވީ، ރައީސް ޔާމިނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފުރުސަތު ލިބެންޖެހޭނެ ހަމަ އެކަނިގޮތަކީ މިހާރު ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކުރުން ނުވަތަ އެހެން ގޮތަކުންވިއަސް މިނިވަންވުން ކަމަށެވެ.
މިނިވަންވެވަޑައިގެންނެވިޔަސް، ވާންޖެހޭނީ ޝަރުއީ މަރުހަލާގެ ތެރެއިން އޮންނަ އުސޫލުގެ ތެރެއިންކަން މައުމޫން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް މައުމޫނު ވިދާޅުވީ، ރައީސް ޔާމިނަށް މިވަގުތު މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކަވާ ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނަމުންދާ ގޮތުން، ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީނަކީ ކުރިއަށް އޮތް އިންތިހާބުގައި އެ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާނެ ލީޑަރެވެ.
ޕާޓީގެ ޓިކެޓް ލިބިވަޑައިގަންނަވާނީ ހަމައެކަނި ރައީސް ޔާމީނަށް ކަމަށް އިދިކޮޅުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.
ރައީސް ޔާމީން 5 އަހަރަށް ޖަލަށްލާފައިވަނީ އެމަނިކުފާނުގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ