ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަހުމަދު އާމިރު ދައުލަތުގެ އިދާރާއަކަށް ހަގީގަތާ ހިލާފު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ޖޭއެސްސީން މިއަދު ބުނީ، އެ މައްސަލަ ތަހުގީގުކުރުމަށް އެ ކޮމިޝަނުގެ ”މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ“ އިން ނިންމާފައިވާތީ، މިއަދު ބޭއްވި ކޮމިޝަންގެ ޖަލްސާގައި އެ މައްސަލަ ބެލުމަށް ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ.
ދ. އިސްމެޖިސްޓްރޭޓް އާމިރު، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ މައްސަލައެއް ބަލަމުންދާ އިރު، އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރަށްވެހިކަން ބަދަލުކުރައްވައި ނާޖާއިޒު ފައިދާއެއް ހޯއްދެވި މައްސަލައެއްވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ދ. އިސްމެޖިސްޓްރޭޓް، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ