ޖެނުއަރީން ފެށިގެން ސްކޫލް ކުދިންނަށް ބަސް ހިލޭ

އަންނަ އަހަރުން ފެށިގެން ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރުން ފެށިގެން މާލޭ ސަރަހައްދާއި އަތޮޅުތެރޭގައިވެސް ސްކޫލް ކުދިންނަށް ބަހުގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށެވެ. އަދި 65 އަހަރުން މަތީގެ މީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ވެސް ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
އެމްޓީސީސީގެ ފެރީގެ ހިދުމަތުގައި މީގެ ކުރިންވެސް ސްކޫލް ކުދިންނަށާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވެ އެވެ.
މިވަގުތު އެމްޓީސީސީން އަތޮޅުތެރޭގައި ބަހުގެ ހިދުމަތް ދެމުން ގެންދަނީ އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫއާ ދެމެދުގަ އެވެ. އެއީ ސްކޫލް ކުދިނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހިދުމަތެކެވެ.
އެމްޓީސީސީން ބުނީ އައްޑޫ، ފުވައްމުލަށް އަދި ލ. އަތޮޅުގެ ގަން، ފޮނަދޫ، އަދި އިސްދޫ، ކަލައިދޫ ރަށްތަކުގައި ބަހުގެ ހިދުމަތް ފެށުމަށްޓަކައި އާ ބަސްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބަސްތައް ލިބުމުން އެ ރަށްތަކުގައި ބަހުގެ ހިދުމަތް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ މެންބަރުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ