އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މައްޗަށް ޓެރަރިޒަމް ތުހުމަތުގައި 12 އަހަރަށް ޖަލަށް ކޮށްފައިވާ ހުކުމަށް އަމަލު ކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ނެރެފި އެވެ.
ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުގައި ބުނެފައިވަނީ އިމްރާންގެ ފަރާތުން އެ ކޯޓަށް ހުށައަޅާފައިވާ މަައްސަލަ ބަލައި، ގޮތެއް ނިމެންދެން، އޭނާގެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގާ އަމުރުކުރާ ކަމަށެވެ.
2015 ވަނަ އަހަރުގައި ބޭއްވި "މޭޑޭ" މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރުދީ ވާހަކަދެއްކި ކަމަށްބުނެ އިމްރާން ގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް ވަނީ 12 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައެވެ.
ޝެއިހް އިމްރާން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ