އޭދަފުށީ ދާއިރާގެ ޓިކެޓް، މެންބަރު ސަލީމަށް ލިބިއްޖެ

ޕްރައިމަރީއަކާ ނުލައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އޭދަފުށީދާއިރާ އަށް ވާދަކުރުމުގެ ޓިކެޓް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމަށް ހަވާލުކޮށްފި އެވެ.
ސަލީމުގެ އިތުރުން މަޖީހުގައި މިހާރު ޕީޕީއެމްގެ ގޮޑިތައް ފުރަމުން އަންނަ އެހެން މެންބަރުންނަށްވެސް ރޭވަނީ ޓިކެޓް ދިން ކަމުގެ ލިއުން ހަވާލު ކޮށްފައެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ މިކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި މެންބަރުންނަށް ޓިކެޓް ދީފައިވާކަން އިއުލާންކުރެއްވީ ޕާޓީގެ ރައީސް، އަބްދުﷲ ޔާމީނެވެ.
ޕްރައިމަރީއަކާއި ނުލާ ޕީޕީއެމް އިން ޓިކެޓް ދިނީ އެ ޕާޓީއަށް ނިސްބަތްވާ 24 މެންބަރަކަށެވެ.
ޕީޕީއެމްގެ ރައީސް ޔާމީން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ބާކީ ހުރި ދާއިރާތައްވެސް އެ ޕާޓީ އިން ވަރަށް އަވަހަށް މި ހަފްތާގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށެވެ. އެކަމަކު ބައެއް ދާއިރާތަކުން ޓިކެޓް ދޭނީ ޕްރައިމަރީއެއް ބޭއްވުމަށްފަހު ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ