ޖަލު އޮޑިޓް ކޮމިޓީން އަބްދުﷲ ސައީދާ ބައްދަލުކޮށްފި

ޖަލުތަކުގެ ހާލަތާއި ގައިދީންނާ މެދު އަމަލު ކުރެވޭ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމަށް، ޖަލުތަކުގެ އޮޑިޓު ހެދުމަށް ސަރުކާރުން އެކުލަވާލި ޖަލު އޮޑިޓް ކޮމިޝަނުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރައްވައިފިއެވެ.
އެ ކޮމިޝަނުން ބުނީ ޖަލުގައި ހުކުމް ތަންފީޒުކޮށްފައިވާ ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބައްދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކޮށް ޖަލު ބަންދުގައި ހުރި މުއްދަތުގައި ތަހައްމަލުކުރަންޖެހުނު ކަންތައްތަކާއި، ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ބައެއް އެހެން ފަރާތްތަކާއި ބައްދަލުކޮށް ޖަލުތަކުގެ ބަންދުގައި ހޭދަކުރި މުއްދަތުގައި ކަންކަން ހިނގާދިޔަގޮތް ވަޒަންކުރުމަށް މަސައްކަތް ރާވާފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް ގާނޫނީ ވަކީލުންނާ ބައްދަލުކޮށް، މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކުރާ މީހުންގެ ބަންދާއި، އެފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށުގައި ބޭތިއްބުމުގެ އިޖްރާތްތައް ފުރިހަމަ ކުރުމުގައި ގެންގުޅޭ މިންގަނޑުތަކުގެ މައުލޫމާތު އޮޅުން ފިލުވާފައިވާ ކަމަށެވެ.
އަދި މިހާރު ޖަލުތަކާއި ކަސްޓޯޑިއަލްތަކުގައި މީހުން ބަންދުކުރުމުގައި ކަނޑައެޅިފައިވާ ގާނޫނީ އޮނިގަނޑުގެ ރައްކާތެރިކަމާއި ހިމާޔަތްތެރިކަން، ބަންދުކުރެވޭ މީހުންނަށް މީހުންނަށް ލިބިދީފައިވާ މިންވަރު ދެނެގަނެ އެފަރާތްތަކުގެ ކަންބޮޑުވުންތާއި ދަތިތައް އޮޅުންފިލުވާފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މީގެ އިތުރުން ވެސް، ޖަލުތައް ހިންގުމުގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލްތައް އަދި ވަކިވަކި ޖަލުތަކުގައި ހަދާފައިވާ ޖަލު އަމުރުތަކާއި، ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި، ގަރާރުތައް އަދި މިންގަނޑުތައް ދިރާސާކުރަމުންދާ ކަމަށް އެކޮމިޝަނުން ބުނެއެވެ.
އެކޮމިޝަނުން ބުނީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އާންމު ފަރާތްތަކުންނާއި، ޖަލުތަކުގައި ތިބި މީހުންގެ އާއިލާތަކުން ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ