މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވެނީ ކޭޝްފްލޯ ދަތިވެގެން- އަދުލީ

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމުގައި ދަތިތަކާއި ކުރިމަތިވީ ކުންފުނީގެ ކޭޝްފްލޯއަށް އައިސްގެން އުޅޭ ދަތިކަމެއްގެ ސަބަބުން ކަމަށް މިފްކޯގެ ސީއީއޯ އަދުލީ އިސްމާއީލް ވިދާޅުވެއްޖެއެވެ. މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަތުމަށް ފަހުގައި، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ހުރި ކަމަށް ބުނެ ބައެއް މަސްވެރިން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންގެންދާ މިދަނޑިވަޅުގައި އަދުލީ ވިދާޅުވީ މި ދުވަސްވަރު އެ ކުންފުނީގެ ކޭޝްފްލޯ ދަށްވެފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ ކޭޝްފްލޯއަށް ދަތި ކަމެއް އައިސްގެން އުޅޭ އިތުރު ސަބަބަކީ އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ލިބިފައި ނުވާތީ ކަމަށްވެސް އަދުލީ ވިދާޅުވިއެވެ.އަދި ކުންފުންޏަށް ލިބެން ހުރި ފައިސާ ލިބުމާއެކު ވީހާވެސް އަވަހަށް މަސްވެރިންނަށް ނުދެއްކިފައި ހުރި ފައިސާ ދައްކަން ފަށްޓަވާނެ ކަމަށާއި މި ހަފުތާގެ ތެރޭގައި އެ ކުންފުނިން މަސްވެރިންނަށް ނުދެއްކިފައި ހުރި ހުރިހާ ފައިސާއެއް ދެއްކުމަށް މަސައްކަތް ކުރައްވާނެ ކަމަށް އަދުލީ ވިދާޅުވިއެވެ.މަސްވެރިން ބާނާ މަސް ކިރުވުމުގައި ލުއި ފަސޭހަގޮތްތައް ހަމަޖައްސަވައި، މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލު ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަރަށް ހާއްސަ އިސްކަމެއްދެއްވައިގެން ކުރެއްވި މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ