މަޖިލީހުގެ ނައިބު ރައީސް މޫސަ އިސްތިއުފާ ދެއްވުމަށް މެމްބަރު ސައުދު ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މޫސާ މަނިކު ވަގުތުން އިސްތިއުފާ ދެއްވުމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ގޮވާލައްވައިފިއެވެ.
ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ހާލަތު ގޯސްވީ މަޖިލީސް ރައީސް އާއި ނައިބު ރައީސް އެކުވެ މަގާމަށް ދަހިވެތިވެ މަޖިލިސް ހިސޯރު ކުރުމުންކަމަށެވެ. އަދި ޕާޓީ ބަދަލު ކޮށްގެން ގޮނޑި ގެއްލޭ ނަމަ މޫސަ ޕާޓީ ބަދަލު ކުރުމުން ގޮނޑި ނުގެއްލެންވީ ސަބަބެއް ނެތް ކަމަށް ސައުދުގެ އެ ޓްވީޓުގައި ވިދާޅުވިއެވެ. 
Vaguthun isthiuafaa dhevva! Majileehuge hālath goasvee Majlis Raees āi Naib Raees ekuve magāmah dhahive Majlis hisoaru kurumun! Party badhalu kohggen gondi gelley nama @ReekoMoosa party badhalu kurumun gondi nugellen vee kēvvethoa? SC ge hukum anna gothai vaguthu egilevveethoa? https://t.co/flSij3bDyZ
ސައުދު އެގޮތަށް ޓްވީޓް ކުރެއްވީ ވޭތުވެ ދިޔަ ތަނުގައި މަޖިލީހުގެ ހާލަތު އޮތް ގޮތުން ދެރަވެ ހިތާމަކުރައްވާކަމަށް މޫސަ ވިދާޅުވުމާއި ގުޅިގެންނެވެ. 
މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ވަރަށް ބޮޑުތަނުން ވަޅުޖަހައި، މަޖިހިލީހުގެ ވާހަކަ އެ ކިގޮތަށް ދައްކައި، މަޖިލިސް އޮތީ ވަރަށް ނިކަމެތިކޮށް ކަމަށެވެ. އަދި މަޖިލީހަކީ އެހެން ވެގެންވާނެ ތަނެއް ނޫން ކަމަށާއި މަޖިލީހުގައި 15 ވަރަކަށް އަހަރު ހޭދަވެފައިވާއިރު މިފަދަ ދުވަސްތަކެއް ދެކެވަޑައި ނުގަންނަވާ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އެކަމާ ހިތްދަތިވާ ކަމަށާއި މަޖިލީހުގެ ރައީސަށް އިހްތިރާމް ކުރުމުގެ ގޮތުން މަޤާމްގައި ހުންނެވީ ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ