މާލެއާއި، ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިއްޖެ

މާލެއާއި، ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަރަންޓު ކެނޑިގެން ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. ކަރަންޓު ކެނޑިގެން އުޅެނީ މާލެއާއި، ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު މިމައްސަލަ ހައްލުކޮށް، ގިނަ ސަރަހައްދުތަކަސް ކަރަންޓު ދީފައިވާކަމަށާއި، އަދި ކުރިއަށް އޮތް މަދު ވަގުތަކެއްގެ ތެރޭގައި ކަރަންޓު ދިޔަ އެހެން ސަރަހައްދުތަކަށްވެސް ކަރަންޓު ދެވޭނެކަމަށެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ހޫނުގަދަ ދުވަސްވަރެއްކަމުން، މި ދުވަސްވަރު ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. ދޭތެރެ ދޭތެރެއިން ވާރޭވެހުނު ކަމުގައި ވީނަމަވެސް އާންމު ގޮތެއްގައި މިދުވަސް ވަރަކީ ހޫނު ގަދަ ދުވަސް ވަރެކެވެ. ވޭތުވެދިޔަ 29 އަހަރު ދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޭޕްރީލްމަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސްކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ