މޫސުން ގޯސްވާނެތީ ބޮޑު ބަޔަކަށް ވައިޓް އެލާޓް

މޫސުން ގޯސްވާނެތީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެ ސަރައައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 08:00 އިން ފެށީގެން ދަންވަރު 01:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރު މިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. މިވަގުތުތަކުގައި ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެފައިވާއިރު، ރާއްޖޭގެ ރަށްތަކަށް ވަރަށް ބޮޑަށް އުދަވެސް އަންނަނީ އަރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ