މި ވެރިކަމުގެ 5 އަހަރު ނިމޭއިރު ކަރަންޓުގެ 26 އިންސައްތަ ފޯރުކޮށްދޭނީ އިރުގެ އަލިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ކަރަންޓްގެ 26 އިންސައްތަ ފޯރުކޮށްދޭނީ އިރުގެ އަލިން އުފައްދާ ހަކަތައިން ކަމަށް ތިމާވެއްޓޭބެހޭ ވަޒީރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކ. ހުރާ ރައްޔިތުންގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މިހާރު ވެސް ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށުގައި އިރުގެ އަލިން އުފައްދާ ހަކަތައިން ކަރަންޓް އުފެއްދުމުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ކ.ހުރާގެ އަސާސީ ކަންކަމުގެ ތެރެއިން، ކަރަންޓާއި ފެނާއި ނަރުދާމާގެ ޚިދުމަތްތައް ދިނުން ފެނަކަ ކޯޕަރޭޝަނާއި ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަސްމީގޮތުން ކ.ހުރާ ކައުންސިލުގެ ފަރާތުން ހަވާލުކުރައްވައިފި. މިކަމަށްޓަކައި ހުރާގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ ޝައުނާ. pic.twitter.com/mQvrrB3MsP— Min. of Environment, Climate Change and Technology (@MoEnvmv) March 2, 2022
މިނިސްޓަރު ޝައުނާ ވިދާޅުވީ އަދި ތެޔޮ ގަތުމަށް ދައުލަތުގެ ބަޖެޓުން 400 މިލިއަން ޑޮލަރު ހޭދަކުރާ ކަމަށާއި ކަރަންޓުގެ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ އަގަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ތަރައަގީކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ ތެލަށް ބަރޯސާވެފައިއޮތް މިންވަރު ކުޑަކުރުންކަން ފާހަގަކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ, އެކަން ހައްލުކުރުމަށް ވަރަށް ގިނަ ކަންތައްތައް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ