ހަފްތާ ބަދިގެ: ބިސްކޮފް މިލްކް ކޭކް


ކޮންޓެއިނަރަކަށް ބަޓަރު އަދި ހަކުރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ބިހުގެ ގޮބޮޅިތައް އަޅައި އެއްކުރުމަށްފަހު ކިރު އަދި ވެނީލާ އެސެންސް އަޅައި އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ފުށް އަދި ބޭކިން ޕައުޑަރު އަޅައި އެއްކޮށްލާށެވެ.
އެހެން ކޮންޓެއިނަރެއްގައި ބިހުގެ ހުދުބައި ސްޓިފް ޕީކްސްވަންދެން އެއްކޮށްލުމަށްފަހު، މަދުމަދުން މި މިކްސް ކުރިން ގިރި މިކްސްގެ ތެރެއަށް އަޅައި އެއްކޮށްލާށެވެ.
އަވަން 160 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރުމަށްފަހު ޓްރޭއެއްގައި ބަޓަރު ހޭކުމަަށްފަހު ތައްޔާރުކުރި މިކސް ޓްރޭއަށް އަޅައި އަވަންގައި 20 މިނެޓްވަންދެން ފިހެލާށެވެ.
އަދި ކޮންޓެއިނަރެއްގައި ގެރިކިރު, އެވަޕަރޭޓަޑް މިލްކް, ދިޔާކިރު އަދި ބިސްކޮފް ރަނގަޅަށް އެއްކޮށްލާށެވެ. ކޭކް ފިހެވުމުން އުލެއް ބޭނުންކޮށްގެން ކޭކުގައި ލޯވަޅު އަޅާލާށެވެ. ދެން މި ތައްޔާރުކުރި ކިރު މިކްސް މީގެ މައްޗަަށް އޮއްސާލާށެވެ. ގާނިޝް ކުރުމަށް ފުނޑުކުރި ބިސްކޮފް ބިސްކޯދުތައް ކޭކްގެ މަތީގައި ފަތުރާލާށެވެ.
ވިޕިން ކްރީމް އަދި އައިސިން ޝުގާ ރަނގަޅަށް އެއްކުރުމަށްފަހު ކޭކުގެ މަތީގައި ފަތުރާލާށެވެ. އަދި ފިނި ކުރުމަށް ފްރިޖްގައި 4 ގަޑިއިރު ބަހައްޓާލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ