މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ވައިޓް އެލާޓް

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ. އެ އިދާރާއިން ބުނީ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރުކުރީ 11:30 ން ހަވީރު 17:30 އަށެވެ. ނަމަވެސް މޫސުން ގޯސްވުމުން މި އެލާޓްވަނީ މިރޭ 23:30 އާއި ހަމައަށް ދަންމާލާފަ އެވެ.
Alert white extended. pic.twitter.com/6X7271SlxD— Maldives Meteorology (@MetMaldives) July 30, 2022
އެ އިދާރާއިން ބުނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި 19 މޭލާއި 24 މޭލާ ދެމެދު ވައިގަދަ ވާނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. މީގެ އިތުރުން ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
މޫސުން ކުރިއަށް ލަފާކުރާގޮތުގައި ހުރިހާ ސަރަހައްދަކަށްވެސް ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
އެލާޓް ނެރެފައިވާ މުއްދަތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ރާޅުތައް 4-7 ފޫޓަށް އުފުލޭނެކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ