އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު ދޫކޮށްލައިފި

"މިންޖުވާން" މިނަމުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާ އިން ހައްޔަރުކުރި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހީމް ދޫކޮށްލައިފި އެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ އަންވަރު ދޫކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަންވަރު ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. "އަންވަރު އިބްރާހީމް ދޫކޮށްލި ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން،" އިސްމާއީލް ވިދާޅުވި އެވެ. މުޒާހަރާ އިން ހައްޔަރުކުރި އިތުރު 13 މީހަކު މީގެކުރިން ވަނީ ދޫކޮށްލާފައެވެ. އޭގެތޭގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްފަތާ ލުތުފީ އާއި އެމްޑީޕީގެ މީޑިއާ ކޮމެޓީގެ މެމްބަރު މުހައްމަދު ވަހީދު ވެސް ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ