ޕެނަލްޓީގައި ލެވަކޫސަންގެ މައްޗަށް ކުރި ހޯދާ އެތްލެޓިކޯ ކުއާޓާ ފައިނަލަށް

ޕެނަލްޓީގައި 2-3 ގެ ނަތީޖާއަކުން ބަޔާ ލެވަކޫސަންގެ މައްޗަށް ކުރި ހޯދާ، ޗެމްޕިއަންސް ލީގުގައި ކުއާޓާފައިނަލަށް އެތްލެޓިކޯ މެޑްރިޑް ދަތުރުކޮށްފިއެވެ.
މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 0-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލެވަކޫސަންއެވެ.
އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ 90 މިނެޓް ހަމަވެގެންދިޔައިރު އެތްލެޓިކޯއިން ގޯލެއް ޖަހާ އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލް މި މެޗުގެ ފުރަތަމަ ހާފްގައި 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާރިއޯ ސުއަރޭޒްއެވެ.
މި ގޯލަށްފަހު އެތްލެޓިކޯއިން ކައުން އެޓޭކްތަކުގައި ދިޔައީ ލެވަކޫސަންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް މެޗުގެ 90 މިނެޓް ހަމަވެގެންދިޔައިރު، އެގްރިގޭޓް ނަތީޖާ އެއްވަރުވެފައި އޮތުމުން ދެންޖެހުނީ 15 މިނެޓްގެ ދެ ހާފް ކުޅުމަށެވެ.
15 މިނެޓްގެ ދެ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ވެސް ތަނަވަސްކުރެވިގެން ގޮސްފައެއް ނުވެއެވެ.
15 މިނެޓްގެ ދެ ހާފް ނިމުނުއިރު ވެސް ނަތީޖާއަށް ބަދަލެއް ނައުމާ ގުޅިގެން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި 2-3 ގެ ނަތީޖާއަކުން އެތްލެޓިކޯ އިން ލެވަކޫސަންގެ މައްޗަށް ކުރި ހޯދިއިރު، އެތްލެޓިކޯއަށް ތިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޑި ގްރިޒްމަން، ސުއަރޭޒް އަދި ފެނާންޑޯ ޓޮރޭސްއެވެ.
މުބާރާތުގެ އެންމެފަހުގެ ރަނަރަޕް މުބާރާތުގެ ކުއާޓާފައިނަލްގައި ބައްދަލުކުރާ ޓީމެއް އެނގޭނީ ހުކުރު ދުވަހު ނަގާ ގުރުއަތަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ