އުމުރުން 18 އަހަރު ނުފުރޭ ދެފިރިހެން ކުއްޖަކު ބެހެލެއްޓުމުގެ އިންތިޒާމް ހަމަޖައްސަން ދައުލަތުގެ މައްޗަށް ޖުވެނައިލް ކޯޓުން އަމުރުކޮށްފިއެވެ. ކޯޓުން މިއަމުރު ނެރެފައި ވަނީ ވަކިވަކިން ޖުވެނައިލް ޖަސްޓިން ޔުނިޓް (ޖޭޖޭޔޫ)ގެ މައްޗަށެވެ.
ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓް(ޖޭޖޭޔޫ) ގެ މައްޗަށް ޖުވެނައިލް ކޯޓުން ކުރި އަމުރުގައި 15 އަހަރުގެ ކުއްޖަކަށާއި 12 އަހަރުގެ ކުއްޖަކަށް އުމުރުން 18 އަހަރު ފުރެންދެން ނުވަތަ އެކުދިން ދިރިއުޅެން އެކަށީގެންވާ ދިރިއުޅޭނެ މާހައުލެއް އެ ކުދިންނަށް ލިބެންދެން އެ ކުދިން ބެލެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
އޭގެ ތެރެއިން 15 އަހަރުގެ ކުއްޖާ ބަލަހައްޓަން އަމުރު ނެރެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. 12 އަހަރުގެ ކުއްޖާ ބަލަހައްޓަން އަމުރު ނެރެފައިވަނީ މިއަދުއެވެ.
ދެކުދިންނަކީ ވެސް މަސްތުވާތަކެތީގެ ގިނަ މަސައްލަތަކުގައި މީގެ ކުރިން ހައްޔަރުކުރެވި އަދި ޖުވެނައިލް ކޯޓަށް ވެސް ހާޒިރު ކުރެވިފައިވާ ދެކުދިންނެވެ. މިދެކުދިން ބެލެހެއްޓުމުގެ އަމުރު ކޯޓުން ދައުލަތުގެ މައްޗަށް ކުރީ ދެކުދިން ބެލެހެއްޓޭނެ ގޮތެއް އެކުދިންގެ މައިންބަފައިންނަށް ނެތުމުންނާއި އެކުދިން ބަލަހައްޓާނެ އެހެން ފަރާތެއް ލިބިފައި ނެތުމުންނެވެ.
ދެކުއްޖަކު ބެލެހެއްޓުމަށް ދައުލަތުގެ މައްޗަށް ޖުވެނައިލް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ