ކަރަންޓް ޝޮކެއްގެ މަންޒަރު ޝޫޓްކުރަނިކޮށް ނަމީޝްއަށް ޝޮކެއް ޖެހިއްޖެ

ކަލާޒް ޓީވީ އިން މިހާރު ގެނެސްދެމުން އަންނަ ޑްރާމާ ސިލްސިލާ "ވިދްޔާ"ގެ މަންޒަރުތަކެއް ޝޫޓްކުރަން އުޅުމުގެ ތެރޭގައި އެ ޑްރާމާގެ ތަރި ނަމީޝް ތަނޭޖާ އަށް ކަރަންޓް ޝޮކެއް ޖެހިއްޖެއެވެ. އުމުރުން 25 އަހަރުގެ ނަމީޝް އަށް ކަރަންޓް ޝޮކެއް ޖެހުނީ ޑްރާމާގެ ޝޫޓިންގައި ހޮސްޕިޓަލް ތެރޭގައި ކަރަންޓް ޝޮކެއް ޖެހިގެން އުޅޭ ސީންއެއް ކުޅެނިކޮށެވެ. އެ ސީން ކުޅުމުގެ ތެރޭގައި އޭނާ އަށް އަސްލު ޝޮކެއް ލިބުމާ ގުޅިގެން އޭނާ ވަނީ އެމެޖެންސީގައި ހޮސްޕިޓަލަށް ގެންގޮއްސައެވެ. އޭނާ އަށް ހާނިއްކަ ލިބުނު ނަމަވެސް އޭނާގެ ހާލަތެއް ހާމަކޮށްފައެއް ނުވެއެވެ. އެކްޓަރު ނަމީޝްގެ ކެރިއަރު ފެށީ 2014 ވަނަ އަހަރު ނުކުތް "އޭކް ނަޔާ ޕެހެޗާން" އިންނެވެ. އެ ޑްރާމާ އަށް ފަހު އޭނާ އަށް އަންނަނީ ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ