އިންޓަ ސްކޫލް ކްރިކެޓް ލީގުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ތާޖުއްދީން ހޯދައިފި

4 ވަނަ މައިލޯ އިންޓަރ ސްކޫލް ކްރިކެޓް ލީގުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް ހޯދައިފި އެވެ.
14 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް ހޯދީ މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗުގައި މުހުޔިއްދީން ސްކޫލު 5 ވިކެޓުން ބަލިކޮށްގެން ނެވެ.
ފައިނަލު މެޗުގެ ޓޮސް ދިމާވުމުން މުހުޔިއްދީން ސުކޫލް ކުޅެންއަރާ 12 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 63 ލަނޑެވެ. ޖަވާބުގައި ތާޖުއްދީން ސްކޫލް ކުޅެންއަރާ 10.3 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން 64 ލަނޑު ހަދާ މެޗު ކާމިޔާބުކުރި އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީތާޖުއްދީން ސުކޫލުގެ ލުއައްޔު އެވެ.
މި މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ މުހިޔިއްދީން ސްކޫލެވެ. އަދި 16 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލުގައި މާދަމާ ބައްދަލުކުރާނީ މުހިޔިއްދީން އާއި އިސްކަންދަރު ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ