ހައްޔަރު ކުރަން ކޯޓުން އެންގި މީހަކު ހޯދަން ފަށައިފި

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރަން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން މީހަކު ހޯދަން ފަށައިފި އެވެ.
ހޯދައި ހައްޔަރު ކުރަން އަމުރުކޮށްފައި ވަނީ ފުވައްމުލަކު، ދިގުވާނޑު، ފެއަރީ، އަހުމަދު ނަސްރު 34، އެވެ.
ނަސްރަކީ މީގެ ކުރިން ބަދުއަހުލާގީ މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ވައްކަމުގެ މައްސަލަތަކުގައި ވެސް އާންމުކޮށް ހައްޔަރު ކުރާ މީހެކެވެ. މިފަހަރު އޭނާ ހޯދާ ހައްޔަރު ކުރަން ބޭނުންވަނީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ