ސ އަތޮޅު ހުޅުދޫގައި އަލަށް މީހުން އާބާދު ވަމުން އަންނަ ސަރަހައްދަށް ކަރަންޓުދޭން ވަޅުލާފައި އޮތް ކަރަންޓު ކޭބަލެއް ބުރިކޮއްގެން ވަގަށް ގެންދިޔަ މައްސަލާގައި މީހަކު ހައްޔަރުކޮށް މައްސަލަ ތަހްޤީޤް ކުރަމުންދާކަމަށް ފުލުހުންބުނެފިއެވެ.
ސަދަން ޔުޓިލިޓީޒް ލިމިޓެޑް(އެސްޔޫއެލް) އިން ކަރަންޓު ފޯރުކޮއްދޭ ހުޅުދޫގައި އަޅާފައިވާ މި ކޭބަލް ބުރިކޮއްލައިގެން ގެންގޮސްފައި ވާކަން އެނގުނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ބުނެއެވެ.
މާފިށި ސަރަހައްދަށް ކަރަންޓު ދިނުމަށް އަޅާފައިވާ މި ކޭބަލް ބުރިކޮއްލި ކަން އިނގުނީ އެ ސަރަހައްދު ސާފުކުރަން އުޅުނު ބަޔަކަށް ކަމަށް ވެއެވެ. އަދި އެ ސަރަހައްދުން ކަރަންޓު ނުލިބިގެން މައްސަލައެއް ކުރިމަތިވެފައިނުވާ ކަމަށް ހުޅުމީދޫ އިންޖީނު ގެއިން ބުނެއެވެ.
ދެ ފޫޓު ފުންމިނުގައި ވަޅުލާފައި އޮތް މި ކޭބަލް އިން 754 ފޫޓް ބުރިކޮއްގެން ގެންގޮސް ފައި ވާކަމަށް ވެއެވެ.
ހުޅުދޫގައި ކަރަންޓް ކޭބަލްތައް ވަގަށް ގެންދިޔަ މައްސަލާގައި މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ