މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ 4 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި 4 މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައިކަމަށެވެ.
ފުލުހުން ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް ފަސް އެޕާޓްމަންޓު ބަލައިފާސްކޮށްފައިވާކަމަށެވެ. އަދި ބަލައިފާސްކުރުމުގެ ތެރެއިން 100.09 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހުންނަކީ،
1- މުތީހައުސް / ތ. ތިމަރަފުށި، އަޙްމަދު ޖިނާޙު (43އ)
2- އާއި، ސައިމާގެ / ހއ.ހޯރަފުށި، އަޙްމަދު ސަޢީދު (28އ)
3- ހައުސްޓަން / ގދ. މަޑަވެލި، މުޙައްމަދު އަނޫފް ޢަލީ (27އ) 4- އަބުމާގެ / ގދ. ހޯޑެއްދޫ، އަޙްމަދު މަޢީޝް ރަޝީދު (28އ)
ފުލުހުން ވިދާޅުވީ މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތިކަމަށް ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓުއަމުރުގެ ދަށުންކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ޖިނާޙު އާއި، އަޙްމަދު ސަޢީދު 15 ދުވަހަށް ބަންދުކުރުމަށް އަދި މުޙައްމަދު އަނޫފް ޢަލީ އާއި، އަޙްމަދު މަޢީޝް ރަޝީދު ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންކަމަށެވެ. .
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ