ހަނިމާދޫ ފަރަށް އެރި ދޯންޏެއް ފުންކޮށްފި

މިދިޔަ ބުރާސްފަތި ދުވަހު ހދ. ހަނިމާދޫ ފަރަށް އެރި ދޯންޏެއް ހަނިމާދޫގައި ތިބޭ ފުލުހުންގެ އެހީތެރި ކަމާއެކު މިއަދު ފުންކޮށްފި އެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ޖަހާއެހަކަންހާއިރު ހަނިމާދޫ ފަރަށް އެރި ހދ. ކުޅުދުއްފުށީގައި ދުއްވާ "ރޯމާ" ނަމަކަށް ކިޔާ ދޯނި ފުންކުރީ ފުލުހުންނާއި ހަނިމާދޫ ކައުންސިލް އިދާރާއާއި ހަނިމާދޫ ރައްޔިތުންގެ ގުޅިގެނެވެ.
ފުލުހުން ބުނީ އެ ދޯނި ފުން ކުރި އިރު ދޯނީގެ އިންޖީނު ރޫމާއި ދިމާ ބަނޑުފިލައިން ފަޅައިގެން ގޮސްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ