ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އުމުރު ނަސީރުގެ ކާރުން ރޭގެ ވަގުތެއްގައި ބަނގުރާފުޅިއެއް ފެނުނު މައްސަލާގައި ހައްޔަރު ކޮށްފައިވާ ހަތަރު މީހުން ދޫކޮށްލައިފި އެވެ.
މައްސަލައާ ބެހޭ ގޮތުން އިތުރު އެއްވެސް ތަފުސީލެއް ނުދެއްވައި ފުލުހުންގެ މީޑިޔާ އޮފިޝަލު މިއަދު ވިދާޅުވީ ކާރުގެ މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ. ރޭގެ ހާދިސާގެ ތެރެއިން ފުލުހުން ގެންދިޔަ ކާރު ހަވާލު ކޮށްފައިވާ ކަމަށެވެ.
ރޭގެ ވަގުތެއްގައި އުމަރުގެ ކެމްޕޭން މެނޭޖަރު މާޒް އަހުމަދު ސަލީމާއި އޭނާގެ އަންހެނުން ގޮވައިގެން އުމަރުގެ ބޮޑީގާޑު، އުމަރުގެ ކާރުގައި ދަތުރު ކުރަނިކޮށް ފުލުހުން ސޯސަން މަގުން ކާރު ހުއްޓުވައި ވަނީ ބޮޑީގާޑްއާއި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.
"އެ މައްސަލައާ ގުޅޭ އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ނުހުންނާނެ،" ފުލުސް މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ކާރު ހުއްޓުވީ ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ އޮފީސް ކުރިމަތިން ކަމަށާއި ހުއްޓުވީ، ކާރު ތެރެއިން ބަނގު ރާ ފުޅިއެއް ފެނިގެން އެއީ ބަނގުރާ ފުޅިއެއް ކަމަށް ޝައްކު ވުމުން ކާރު ދުއްވަން އިން ބޮޑީގާޑް ސޯސަން މަގަށް ފުޅި އެއްލައިތަން މީހަކަށް ފެނިގެން ރިޕޯޓް ކުރުމުން ކަމަށެވެ.
އުމަރުގެ ކާރު ތެރެއިން ފެނުނު ރާ ފުޅިއަކީ އެމީހުން ކާރަށް އެރުވި ފުޅިއެއް ނޫން ކަމަށާއި ގަބޫލު ކުރެވޭ ގޮތުގައި ރާ ފުޅި ކާރަށް ލާފައި ވަނީ ފުލުހުން ކާރު ހުއްޓުވުމުގެ 10 ވަރަކަށް މިނެޓް ކުރިން ނޫރު މިސްކިތް ކައިރިން ތިން މީހަކު ކާރު ހުއްޓުވައި ހުރަސް އެޅުމުން ކާރު ގެ ދޮރުހުޅުވި ވަގުތު ކަމަށް ވެސް ސަލީމް ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ކުރީގެ ރައީސް މުޙައްމަދު ފަހްމީ ޙަސަން މަޤާމުން ވަކިކުރީ ޤާނޫނު އަސާސީއާއި ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއި ގުޅިގެން ފަހްމީ މިއަދު އޮފީހަށް ނިކުމެވަޑައިގެންފިއެވެ.
ފަހްމީ މިއަދު ސީއެސްސީގެ ވަޒީފާއަށް ނިކުމެވަޑައިގެންނެވިކަން އޭނާ ވަނީ ވީނިއުސްއަށް ޔަޤީންކޮށްދެއްވާފައެވެ.
"އާދެ. އަޅުގަނޑު މިއަދުން ފެށިގެން އޮފީހަށް ނިކުމެއްޖެއިން. އަޅުގަނޑު މިއުޅެނީ ކޮމިޝަނުގެ މަސައްކަތުގައި" ފަހްމީ ވިދާޅުވިއެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެމުން ސީއެސްސީގެ ދެ މުވައްޒަފަކު ބުނީ ފަހްމީ މިއަދު އޮފީހަށް ނިކުމެވަޑައިގަތުމުން ސީއެސްސީގެ މުވައްޒަފުން އޭނާއަށް މަރުހަބާ ކިޔާފައިވާ ކަމަށާ، އޮފީސް ތެރޭގައި ފަހްމީއާއި ދެކޮޅަށް އެއްވެސް މުވައްޒަފަކު ވާހަކަދައްކާ ހަދާފައި ނުވާ ކަމަަށެވެ. އަދި ފަހްމީ ޖިންސީ ގޯނާ ކުރެއްވި ކަމަށް ތުހުމަތުކުރާ މުވައްޒަފުވެސް މިއަދު އޮފީހަށް ނިކުމެ މަސައްކަތުގައި އުޅެމުންދާ ކަމަށް ވީނިއުސްއާއި މައުލޫމާތު ހިއްސާކުރި މުވައްޒަފުން ވަނީ ބުނެފައެވެ.
ސީއެސްސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރެއްވި ކަމުގެ ތުހުމަތުގައި ފަހްމީ ސީއެސްސީގެ ރައީސް ކަމުންނާއި މެންބަރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
ފަހްމީ މަޤާމުން ވަކިކުރުމުން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ފަހްމީ މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނު އަސާސީ އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުން މަޖިލީހުގެ އެ ނިންމުން ބާތިލް ކަމަށެވެ.
ފަހްމީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް އިއްވީ ކީރިތި ގުރުއާނާއި ދުނިޔޭގެ އެކި ގައުމުތަކުގެ ސުޕްރީމް ކޯޓު ތަކުން ނިންމާފައިވާ ބައެއް މައްސަލަތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް ހުކުމްގައި ބުނެއެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކޮށްފައިވާ މިހުކުމުގައި އިތުރަށް ބުނެފައިވަނީ ފަހްމީގެ މައްސަލަ ބެލި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަމަލުކޮށްފައި ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި އޮންނަ ޖިނާއީ އިޖުރާއަތްތަކާ ހިލާފަށް ކަމަށާއި އަދި ގާނޫނު އަސާސީއަށް ރިއާޔަތްކުރި އިރު ފަހުމީ މަގާމުން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީއާވެސް ހިލާފަށް ކަން ސާބިތުވާ ކަމަށެވެ.
އުމަރު ކާރުން ފެނުނު ރާފުޅީގެ މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ