ޑީއާރްޕީން ހޯދި ހިދުމަތްތަކަށް ފައިސާ ދައްކަން ޖެހޭ ކަން ސާބިތު ކުރުމަށް އެމްޓީސީސީން ކޯޓަށް ހެކި ހުށަހަޅައިފި

ޑީއާރްޕީ އިން އެމްޓީސީސީ އިން ހޯދާފައިވާ ހިދުމަތްތަކަށް ދޭން ޖެހޭ 1.1 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ދެއްކުމަށް ތިން ފަހަރެއްގެ މަތިން އެދިފައިވާކަމުގެ ހެކި އެމްޓީސީސީ އިން މިއަދު ކޯޓަށް ހުށައަޅައިފި އެވެ.މަދަނީ ކޯޓުގައި އެމްޓީސީސީގެ ވަކީލު ހުސެން އިބްރާހިމް މިއަދު ވިދާޅުވީ މި ފައިސާއަކީ ދޭން ޖެހޭ ފައިސާ ނޫން ކަމަށާއި އިންވޮއިސްތަކަށް ފައިސާ ދެއްކުމަށް އެދި މީގެ ކުރިން އެމްޓީސީސީ އިން ޑީއާރުޕީގައި އެދިފައި ނުވާކަމަށް ޑީއާރުޕީން ބުނާ ބުނުމަކީ ހަޤީޤަތެއް އޮޅުވާލުން ކަމަށެވެ.އަދި ވިދާޅުވީ ދެ ފަހަރެއްގެ މަތިން އިންވޮއިސްތައް ޑީއާރުޕީގެ އޮފީހަށް ފޮނުވައިގެން އަދި އެއްފަހަރު ފެކްސްގެ ޒަރިއްޔާ އިން ވެސް ދީފައިވާނެ ކަމަށެވެ. އަދި ޑީއާރުޕީ އޮފީހުން މިތަކެއްޗާއި ހަވާލުވި ފަރާތުގެ ނަމާއި ސޮއި ހިމެނޭ ލިއުމެއް ވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެމްޓީސީސީންވަނީ ހުށައަޅައިފަ އެވެ.މީގެ އިތުރުން ހުސެން އިބްރާހިމް ވިދާޅުވީ ޕެއިޑް ޖަހާފައިވާ ބިލެއް އިންވޮއިސްތަކުގެ ތެރެއަށް ލެވިފައި ވީނަމަވެސް ހޯދަން އެދިފައިވާ ޖުމްލަ ޢަދަދުގެ ތެރޭގައި އެފައިސާ ހިމެނިފައި ނުވާނެކަމަށެވެ.ޕެއިޑް ޖަހާފައިވާ ބިލްގެ ޖުމްލަ އަދަދަކީ 2300 ރުފިޔާ ކަމަށާއި މައްސަލަ އިތުރަށް ދިރާސާކުރުމަށް އަދި އިތުރު ފުރުސަތު ބޭނުންވާ ކަމަށް ވެސް އެމްޓީސީސީގެ ވަކީލް ވިދާޅުވި އެވެ. ޑީއާރުޕީގެ ފަރާތުން ވާހަކަ ދެއްކި އަހްމަދު ސިއްދީގު ކޯޓޫގައި ވިދާޅުވީ މައްސަލައިގެ ބާވަތުން ދެ ފަރާތަށް ވެސް މައްސަލަ ދިރާސާކުރުމަށް ވަގުތު ބޭނުންވާން ކަމަށާއި އެކަމަކު އެމްޓީސީސީ އަށް އިތުރު ވަގުތު ދިނުމާ މެދު އިއުތިރާޒް ނުކުރާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ