އިންތިހާބުތަކުގައި ދިމާވެފައި ހުރި މައްސަލަތައް ދިރާސާކޮށް ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށް ހަރުދަނާ ކުރައްވާނެ ކަމަށް ޕޮލިސް ކޮމިޝަނާ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކަންކަން މޮނިޓާ ކުރުމުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ޓްރާންސް ޕޭރެންސީ އޮފް މޯލްޑިވްސްގެ ވެރިންނާ ބައްދަލު ކުރައްވާ ކޮމިޝަނާ ވިދާޅުވީ އިންތިހާބުގެ ތެރޭގައި ފުލުހުންގެ ދައުރާ ގުޅޭ ގޮތުން ފުލުހުން ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާއި ހިއްސާކުރަމުން އަންނަ ކަމަށާއި އިންތިހާބުގެ ކަންކަން ދިރާސާ ކުރުމަށް ރާއްޖެ ވަޑައިގެންނެވި ކޮމަންވެލްތްގެ ކޮންސަލްޓަންޓާއި އެޓާނީ ޖެނެރެލަށްވެސް އެ މައުލޫމާތު އަރުވާފައިވާނެ ކަމަށެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އަމާން އޮމާންކަމާއެކު ކުރިއަށްދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އިންތިހާބު ކުރިއަށް ގެންދަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ނުބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ހާދިސާތައް ދިރާސާކޮށް ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރާނެ: ކޮމިޝަނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ