ރައްޔިތުން ތަފާތު ނުކޮށް ގައުމުގެ މަސްލަހަތަށާއި އެއްބައިވަންތަ ކަމަށް މަސައްކަތް ކުރުމަށް ކެނެޑާ ސަރުކާރުން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
ކެނަޑާ ސަރުކާރުން މިކަމަށް ގޮވާލައިފައި މިވަނީ އާ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިއްޔެ މަގާމުގެ ހުވާކުރެއްވުމާއި ގުޅިގެންނެވެ.
ކެނަޑާގެ ފޮރިން މިންސްޓަރު ޖޯން ބެއާޑް ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކެނެޑާގެ އިތުރުން ބޭރު ދުނިޔެއިން ބަލަމުން ގެންދާނެ ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންނަށް ލިބިފަވާ ވޯޓުލުމުގެ ހައްގު ބޭނުންކޮށްގެން ރައީސަކު ހޮވުމުގެ ފުރުސަތު ލިބިފައިވީނަމަވެސް ޑިމޮކްރަސީއެއް ގާއިމްކުރެވޭނީ ވޯޓްލައިގެން ހަމައެކަނި ރައީސެއް ހޮވައިގެން ނޫން ކަމަށްވެސް ބަޔާނުގައި ވެއެވެ.
މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ގާއިމްކޮށްފައިވާ ޑިމޮކްރަޓިކް ނިޒާމަށް ބޮޑެތި ބަދަލުތަކަކާއި ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާކަމަށް ބެއާޑް ގެ ބަޔާނުގައި ފާހަގަކުރައްވާފަ ވެއެވެ. އަދި މިގޮންޖެހުންތައް ރާއްޖެއަށް ކުރިމަތިވީ ރިޔާސި އިންތިހާބު ނުބޭއްވި ލަސްވަމުންދިއުމާއި ސްޕްރީމް ކޯޓުން އިންތިހާބު ފަސް ކުރުމަށް ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން ކަމަށްވެސް ބަޔާނުގަ ވެއެވެ.
ބެއާޑްގެ ބަޔާނުގައި އިތުރަށް ވިދަޅުވީ ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގު ބޭނުންކޮށްގެން ވެރިއަކު ހޮވުމުގެ ފުރުސަތު ހޯދިއިވަނީ އިލެކްޝަންސް ކޮމިޝަންގެ ބުރަމަސައްކަތުން ކަމަށެވެ. އަދި މިފަހަރުގެ އިންތިހާބު ކުރިއަށް ގެންގޮސަފައިވަނީ ސުލްހަވެރިކަމާއި ޑިމޮކްރެޓިކް ހަމަތަކާއި އެއްގޮތަށް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ރައްޔިތުން ތަފާތު ނުކުރަން ކެނަޑާއިން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ