މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މައުމޫނު މިރޭ ވަޑައިގަންނަވަނީ

މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޕީޕީއެމްގެ ލީޑަރު ރައީސް މައުމޫނު އަބުދުލް ގައްޔޫމު މިރޭ ވަޑައިގަންނަވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ރައީސް މައުމޫނު މެލޭޝިޔާއަށް ފުރާވަޑައިގެންނެވީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރެއެވެ. އެނގިފައިވާ ގޮތުގައި މެލޭޝިޔާއަށް އަނބިކަނބަލުން ނަސްރީނާ އިބުރާހީމުއަށް ބޭސްފަރުވާ ކުރެއްވުމަށެވެ.
ރައީސް މައުމޫނު މިރޭ މާލެ ވަޑައިގަންނަވާ އިރު ރާއްޖޭގެ ސިޔާސީ މަސްރަހު އަނެއްކާ ވެސްވަނީ ހަލަބޮލިވާން ފަށާފައެވެ. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ މާޗްމަހު ބާއްވާ އިރު އަދި ވެސް ރައީސް މައުމޫނު ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ. ނަމަވެސް ރައީސް މައުމޫނުވަނީ ޕްރައިމަރީގައި ވެސް އެމަނިކުފާނު ހުންނަވާނީ ވަކި ކޮޅަކަށް ނުޖެހި ކަމަށް ވިދާޅުވެފައެވެ.
ޕްރައިމަރީގައި ވާދަ ކުރާނެކަން އަބުދުﷲ ޔާމީނާއި އުމަރު ނަސީރު އިއުލާނު ކުރައްވާފައިވާ އިރު އިލްޔާސް އިބުރާހީމައި ރައީސް މައުމޫނު ވެސް ވާދަ ކުރައްވާފާނެ ކަމަށް ހަބަރުތައްދަނީ ފެތުރެމުންނެވެ. ނަމަވެސް އެދެބޭފުޅުން ވެސް އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ