ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ރައްޔިތުން ގާނޫނީ އަޅުވެތިަކަމަކަށް ގެންގޮސްފައި ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އިސްވެ ހުންނަވައިގެން ހިންގަވަމުން ގެންދަވާ ގައުމީ ހަރަކާތުން ބުނެފިއެވެ.
ނަލަހިޔާ ހޮޓަލުގައި މިއަދު ނޫސްވެރިންނަށް ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މަޖިލީހުންގެ މެމްބަރުންގެ އިމްތިޔާޒް ބިލަކީ ކަނޑައެޅިގެން ހައްގު ނުވާ އިނާޔަތްތަކެއް މެމްބަރުންނާއި، މެމްބަރުންގެ އާއިލާތަކަށް ލިބިދީފައިވާ ބިލެއް ކަމަށެވެ. އަދި އެ ބިލް ފާސްކުރަން ވީޓުލީ ކޮންމެ މެމްބަރަކީ ގާނޫނީ އަޅުވެތި ކަމަކަށް ރައްޔިތުން ގެންދިއުމަށް ވޯޓުލީ މެމްބަރެއްގެ ގޮތުގައިވެސް އިމްރާން ވަނީ ސިފަ ކުރައްވާފައެވެ.
"ގާނޫނީ ގޮތުން ދެވިފައިވާ މިނިވަން ކަމެއް ނިގުޅައި ގަނެ ގާނޫނީ ހައްގު ނިގުޅައި ގަތީމަ ގާނޫނީ ގޮތުން އެ އަޅުވެތި ކުރީއޭ އަޅުގަނޑު މި ދަންނަވަނީ. ބޮޑު ހަތަރު ޕާޓީ ކަމަށް ވިޔަސް ބޮޑު ދިހަ ޕާޓީ ކަމަށް ވިޔަސް ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިއްބައިދިން މިނިވަންކަން ނިގުޅައި ގަތީމައި އެހާހިސާބުން ގާނޫނީ އަޅުވެތި ކަމެއްގެ ތެރެއަށް އެ ވައްޓާލެވުނީ،" އިމްރާން ވިދާޅުވިއެވެ.
އިމްރާނުގެ އިތުރުންވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގައުމީ ހަރަކާތުގެ އިސް ބޭފުޅުންވެސް ވަނީ މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި ޕާޓީތަކާއި ބެހޭ ބިލާއި، އިމްތިޔާޒުގެ ބިލުން އެތައް ބައެއްގެ ހައްގުތަކެއް ގެއްލިގެން ދާކަމަށާއި އެހެންކަމުން އެ ދެ ބިލްގައި ހިމެނޭ ގާނޫނު އަސާސީ އާއި ފުށުއަރާ މާއްދާތައް އިސްލާހު ކުރުމަށް އެބޭފުޅުން ވަނީ ގޮވާލައްވާފައެވެ.
މަޖިލީހުގެ މެމްބަރުން ވަނީ ރައްޔިތުން ގާނޫނީ އަޅުވެތިކަމަކަށް ގެންގޮސްފައި: ގައުމީ ހަރަކާތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ