ހަވީރު ކޮމިއުނިޓީ ކެއާ ޕްރޮގްރާމް ފަށައިފި
އިޖުތިމާއީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވުމަށް އަމިއްލަ ޖަމިއްޔާތަކާ އެކު "ހަވީރު ކޮމިއުނިޓީ ކެއާ" ޕްރޮގްރާމްގެ ނަމުގައި ހަވީރު މީޑިއާ ގުރޫޕުން އިއްޔެ ސޮއިކޮށްފި އެވެ. އިއްޔެ ޝީ ބިލްޑިންގުގައި އޮތް ރަސްމިއްޔާތެއްގައި ސޮއިކޮށްފައިވަނީ، ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ އާކް ޖަމިއްޔާ އާއި ތިމާވެށީގެ ދާއިރާގައި 25 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ބްލޫ ޕީސް އާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ ކެއާ ސޮސައިޓީގެ އިތުރުން ޝީ އެވެ. ބްލީ ޕީސްއާ އެކު ސޮއި ކުރުމަށް ފަހު އެއްބަސްވުން ބަދަލުކުރަނީ .--ހަވިރު ފޮޓޯ: ނިޝާން އަލީ ޝީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރު ޝިޔާނަތު ހާޝިމެވެ. އާކްގެ ފަރާތުން ޒެނީޝާ ޝަހީދު ޒަކީ ސޮއިކުރެއްވި އިރު ބްލީ ޕީސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އަލީ ރިލްވާނެވެ. އަދި ކެއާ ސޮސައިޓީގެ ފަރާތުން އާމިނަތު ސަލީމް ސޮއިކުރެއްވި އިރު އެ ހުރިހާ އެއްބަސްވުމެއްގައި ހަވީރުގެ ފަރާތުން ސޮއިކުރެއްވީ ހަވީރު މީޑިއާ ގުރޫޕުގެ އެގްޒެކެޓިވް ޑިރެކްޓަރު ވާއިލް ޒާހިރު ހުސެއިނެވެ. ކެއާ ސޮސައިޓީއާ އެކު އެއްބަސްވުން ބަދަލު ކުރަނީ -- ހަވީރު ފޮޓޯ: ނިޝާން އަލީ މި ހަފްލާގައި ވާހަކަދައްކަވަމުން ވާއިލް ވިދާޅުވީ، އިޖުތިމާއީ މަސައްކަތުގައި ހަވީރުގެ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށެވެ. އަދި މިއީ މަސައްކަތުގެ ފެށުން ކަމަށް ވާއިލް ވިދާޅުވި އެވެ. ބްލީ ޕީސްގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރިލްވާން ވިދާޅުވީ، މި އެއްބަސްވުމަކީ އެ ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް މުޖުތަމައުއަށް ފޯރުކޮށްދިނުމަށް ލިބުނު ފަސޭހަ ކަމެއް ކަމަށެވެ. ޝީއާ އެކު އެއްބަސްވުން ބަދަލު ކުރަނީ -- ހަވީރު ފޮޓޯ: ނިޝާން އަލީ "އެވެއާނަސް ޕްރޮގްރާމްތައް ހިންގުމަށާއި ތިމާވެށީގެ ދާއިރާގައި ގެންގުޅޭ އުކުޅުތަކާއި އެކި ސްލޯގަންތައް ޕްރޮމޯޓުކުރަން ލިބުނު ރަނުގެ ފުރުސަތެއް މިއީ،" ރިލްވާން ވިދާޅުވި އެވެ. ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް، ހަވީރުން އިސް ނަގައިގެން މިކަހަލަ ކަމެއް ކުރުމުން އާކުން ވެސް ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. އާކް އާ އެކު އެއްބަސްވުން ބަދަލު ކުރަނީ -- ހަވީރު ފޮޓޯ: ނިޝާން އަލީ "ރާއްޖޭގެ އެންމެ މަގުބޫލުކަން ލިބިފައިވާ އެއް މީޑީޔާ އިން އިސްނަގައިގެން މިކަހަލަ ކަމެއް ކުރީމަ އަޅުގަނޑުމެންގެ މަސައްކަތްތަކަށް ފަސޭހަވެގެންދާނެ. ފީލްޑްގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ މެސެޖުތައް ރައްޔިތުންނަށް ފޯރުކޮށްދޭނެ ވަސީލަތެއް ނެތުން،" އާކުގެ އެޑްވޮކޭޓިން މެނޭޖަރު މުރުތަﷲ މޫސާ ވިދާޅުވި އެވެ. އިއްޔެ ސޮއި ކުރި އެއްބަސްވުމުގެ ދަށުން ދެ އަހަަރު ވަންދެން ހަވީރާއި އެ ޖަމިއްޔާތަކާ ގުޅިގެން އާންމުން ހޭލުންތެރިކުރުވުމުގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ