މ. މުލަކު ފިހާރައެއް ފަޅައިލި މީހަކު ހައްޔަރުކޮށްފި

މ. މުލަކު ފިހާރައަކުން ވައްކަން ކުރި މީހަކު ތަކެއްޗާއެކު ހައްޔަރު ކޮށްފި އެވެ. ހައްޔަރު ކުރީ އުމުރުން 18 އަހަރުގެ ފިރިހެނެކެވެ.
އެ މީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ރޭ ފަތިހު 5:75 އެހާކަންހާއިރު މުލަކު ބީ އެން ސްޓޯގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވައްކަން ކޮށްފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ފިހާރައިން ގެއްލިފައިވާ ތަކެތި ހޯދަން ފުލުހުން ކުރި މަސައްކަތުން އިއްޔެ މެންދުރު އެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށް ދިރިއުޅޭ ގެ ފާސް ކުރި ކަމަށާއި އެގޭ ތެރެއިން އޭނާ ވަގަށް ނަގާފައިވާ ހަ ކާޓަން ސިނގިރޭޓްގެ ތެރެއިން ބައެއް ފެނިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ