ޖޭޕީގެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިއަދު. ގދ. ހޯޑެއްދޫއަށާއި މަޑަވެއްޔަށް މިއަދު ވަޑައިގެންފި އެވެ.
ގާސިމް މިއަދު ހޯޑެއްދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އަދި ގާސިމް ވަނީ ހޯޑެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. މިއަދު ހޯޑެއްދޫއަށް ގާސިމް ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ ދަތުރުފުޅުގެ ރަސްމީބައި ފުރިހަމަ ކުރެއްވުމަށް އެރަށަށް ވަޑައިގަންނަވަނީ މާދަމާ އެވެ. މާދަމާ އެރަށު ކައުންސިލު މެންބަރުންނާ ބައްދަލުކުރެއްވުމާއި، އިދާރާތަކަށް ޒިޔާރަތް ކުރެއްވުންވެސް އޮންނާނެ އެވެ.
ހޯޑެއްދޫގެ އިތުރުން އެ އަތޮޅު މަޑަވެއްޔަށް ވެސް މިއަދު ގާސިމް ވަޑައިގެންނެވި އެވެ. އަދި އަރިހުގައި އަނބިކަނބަލުން އައިޝަތު ޒަރީރު ވެސް ވަޑައިގެން އެރަށު އަންހެނުންގެ ބަށި މުބާރާތެއް ފައްޓަވައިދެއްވި އެވެ.
މަޑަވެއްޔަށް ވަޑައިގެން އެރަށު އަމްހާ ޕްރީ ސުކޫލަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ގާސިމް ބައްލަވާލެއްވި އިރު އެރަށުގައި ހުރި ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތް ކުރައްވާ އެތަންތަނުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވެވި އެވެ.
މަޑަވެލީގައި މިރޭ ޖޭޕީގެ ޖަލްސާއެއް އޮންނާނެ އެވެ.
މަޑަވެއްޔާއި ހޯޑެއްދޫއަށް ގާސިމް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ