ކޮލޮރާޑޯގެ މުސްލިމް މަސައްކަތްތެރިންގެ ބަޔަކަށް ބަދަލުގެ ގޮތުގައި 1.5 މިލިއަން ޑޮލަރު

އެމެރިކާގެ ކޮލޮރާޑޯގެ އެއްގަމު މަސް ބަންދުކުރާ ކާރުޚާނާއެއްގައި މަސައްކަތްކުރި މުސްލިމްގެ ބަޔަކު ދެއަހަރަށްވުރެ ގިނަ ދުވަހަށް އެމީހުންކުރި 'ޝަރުޢީ ހަނގުރާމަ' ކާމިޔާބުކޮށްފިއެވެ.އެމީހުން އެހާ ދުވަހު 'ހަނގުރާމަކުރީ' އެމީހުން މަސައްކަތްކުރި ކާރުޚާނާއިން ހައްގަކާނުލައި އެމީހުން ވަކިކުރުމުން އެމީހުންނަށް ލިބިނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
އެ ސްޓޭޓްގެ ފޯޓް މޯގަންގައި ހުންނަ ކާރގިލް މީޓް ސޮލިއުޝަންސްއިން 136 މުސްލިމުން ވަކިކުރީ އެމީހުން ނަމާދުކުރަން ހުސްވަގުތު ދޭން އެދުމަށްފަހު އެކަންހަމަޖައްސައިދިނުދިމުން އެމީހުން އެކަމާމެދު މައްސަލަޖެއްސުމުންނެވެ.
ޔޫ.އެސް. އީކުއަލް އޮޕޮޗުނިޓީ ކޮމިޝަނުން ބުނީ އެ މުސްލިމިންނަށް ލިބުނު ގެއްލުމުގެ ބަދަލުގައި އެމީހުންނަށް 1.5 މިލިއަން ޑޮލަރު ދޭން އެއްބަސްވުމުގެ އިތުރަށް، މުސްލިމުންނަށް ނަމާދަށް ހުސްވަގުތު ދޭނެ ގޮތް ދަސްކޮށްދޭން  އެ ކާރުޚާނާގެ މެނޭޖަރުންނާއި އެކި ގަޑިތަކުގައި މަސައްކަތް ބަލަހައްޓާ ފަރާތްތައް ތަމްރީނުކުރަން ކޮލޮރާޑޯގެ ކާރުޚާނާއިން އެއްބަސްވެފައިވާ ކަމުގައެވެ. ކޮމިޝަނުން ބުނި ގޮތުގައި އެ ކާރުޚާނާ ހިންގާފަރާތުން ގޯސްކޮށް ކަމެއް ކުރިކަމަށް އެއްބަސްނުވި ނަމަވެސް، ބަދަލުދޭން އެއްބަސްވީ މައްސަލަ އިތުރަށް ބޮޑުވިޔަ ނުދިނުމަށެވެ.
2015 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި މައިގަނޑުގޮތެއްގައި ސޯމާލިޔާއިން ހިޖުރަކޮށްފައިވާ މުސްލިމުންގެ 136 މީހުން އެމީހުން މަސައްކަތްކުރި ކާގިލް މީޓް ސޮލިއުޝަންސްގެ ވަޒީފާއިން ވަކިކުރީ މަސައްކަތު ގަޑީގައި ނަމާދުކުރުމަށް ހުސްވަގުތު ދިނުމަށް ކާރުޚާނާ ހިންގާ ފަރާތުން ދެކޮޅު ހަދަމުން ދަނިކޮށް އެމީހުން މަސައްކަތް ދޫކޮށްފައި ނުކުތުމުންނެވެ. އެ މީހުން ނަމާދުކުރަމުން ދިޔައީ އެކި މީހުން އެކިމީހުން އެކި ގަޑީގައެވެ. ނަމަވެސް ކާރުޚާނާގެ ފަރާތުން އެކަން ހުއްޓުވީއެވެ.
އަނެއްކޮޅުން، މުސްލިމް މަސައްކަތު މީހުން ބައިވެރިވެގެން ތިބި މަސައްކަތުމީހުންގެ ޖަމްއިއްޔާ، ޓީމްސްޓާސް ޔުނިއަނުން އެމީހުންގެ ދިފާއުގައި މަސައްކަތްކޮށްފައި ނުވާތީ އެ ޖަމްއިއްޔާއިން ވެސް ވަނީ އެމީހުންނަށް 1 ލައްކަ 53 ހާސް ޑޮލަރު ދިނުމަށް އެއްބަސްވެފައެވެ.
"އަހަރުމެންގެ މުވައްޒަފުންގެ ދީނީ ކަންކަންކަމަށް ޖާގަދީ އެމީހުންނާ އެކު މަސައްކަތްކޮށް، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ފާއިތުވި  10 އަހަރުއްސުރެ ކުންފުނިން ގެންގުޅެމުން އައިސްފައިވާ ސިޔާސަތެވެ." ކާގިލް މީޓް ސޮލިއުޝަންސްގެ ރައީސު ބްރަޔަން ސައިކްސް ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
މުސްލިމް މަސައްކަތު މީހުންނާ އެމީހުން މަސައްކަތްކުރި ކާރުޚާނާއާ ދެމެދު މައްސަލަ ހައްލުކުރަން މަސައްކަތްކުރި ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް އިން ވަނީ ދެފަރާތުގެ އެއްބަސްވުމަށް ތައުރީފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ