ދަރަވަންދޫން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރަން އެބަ މަސައްކަތް ކުރަން - ފެނަކަ

ބ. ދަރަވަންދޫން ކަރަންޓު ކެނޑޭ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.ބ. ދަރަވަންދޫން ބައެއް ގަޑިތަކުގައި ކަރަންޓު ކެނޑެން ފަށާފައިވަނީ މިހާރު އެރަށަށް ކަރަންޓު ފޯރުކޯށްދެމުންދާ އިންޖީނުގެ ތެރެއިން 250 ކިލޯވޮޓްގެ އިންޖީނަށް މެކޭނިކަލް މައްސަލައެއް ކުރިމަތިވުމުންނެވެ.ފެނަކައިން ބުނީ އެ ޖެނެރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން މިއަދު ހެނދުނުން ފަށައިގެން ދަރަވަންދޫގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑެމުންދާއިރު، މިހާރު އެ ޖެނެރޭޓަރު މަރާމާތު ކުރުމުގެ މަސައްކަތްތައް އެ ކުންފުނީގެ އިންޖީނިއަރިންގ ޓީމަކުން ދަނީ ކުރަމުންކަމަށެވެ."އަދި ކަރަންޓް ހާލަތު އާއްމު ހާލަަތަކަށް ގެނެވެންދެން މަތީ ލޯޑް ނަގާ އިލެކްޓްރޯނިކް އާލާތްތައް ވީހާވެސް މަދުން ބޭނުން ކުރެއްވުމާއި، ކަރަންޓް ބޭނުން ކުރަމުންދާ މިންވަރު މަދު ކުރެއްވުމަށް މި ކުންފުނީގެ ފަރާތުން އިލްތިމާސް ކުރަމެވެ". މިއަދު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވެއެވެ.މައްސަލަ މުޅިން ޙައްލުކުރެވޭނެ ވަކި ގަޑިއެއް ފެނަކައިން ބުނެފައި ނުވިނަމަވެސް، ވީއެންމެ އަވަހަކަށް މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ