ލައިވް- ޤައުމީ ނިންމުން 2018: މިހާރު ވެސް ގިނަ ބަޔަކު ކިއު ހަދައިފި

ރިޔާސީ އިންތިޚާބުގެ ޚަބަރުތައް ގެނެސްދިނުމަށް "ވަގުތު" އިން ކުރިއަށް ގެންދާ ލައިވް ބްލޮގަށް މަރުޙަބާ. މިބްލޮގް މެދުވެރިކޮށް ރިޔާސީ އިންތިޚާބުގެ ވޯޓް ލުން ކުރިއަށްދާ ގޮތާއި، ރާއްޖޭގެ އެކި ކަންކޮޅުތަކާއި، ވޯޓް ފޮށި ބަހައްޓާ ބޭރު ގައުމުތަކުގައި ހިނގަމުން ގެންދާ ކަންތައް ގެނެސްދެވޭނެ.
މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓް ލުމަށް މިހާރު ވެސް ވަރަށް ގިނަ ރަށްރަށުގައި މީހުން ކިއު ހަދައިގެން އެބަތިއްބެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެން ވަނީ 262135 މީހުންނަށެވެ. ވޯޓް ލުން ފަށާނީ ހެނދުނު 08:00 ގައެވެ. މާދަމާ ހަވީރު، 16:00 އާއި ހަމައަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައި އޮތް ނަމަވެސް، ގަޑި ޖެހޭއިރު ކިޔޫގައި ތިބޭ އެންމެންނަށް ވެސް ވޯޓު ލުމުގެ ފުރުސަތު ލިބޭނެ އެވެ.
މިހާރު ގިނަ ރަށްރަށުގައި ދެ ކެންޑިޑޭޓުންނަށް ތާއިދު ކުރާ ސަޕޯޓަރުން ވެސް ކިއު ހަދައިގެން ތިބި އިރު ބައެއް ރަށްރަށުގައި ކިއު ހަދައިގެން ތިބޭތާ މިހާރު ވެސް ދެެދުވަސް ވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނީ ކެންޑިޑޭޓް ނަމްބަރު-01 އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަދި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ކެންޑިޑޭޓް ނަމްބަރު-02 އިބްރާހިމް މުހައްމަދު ޞާލިހް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ