ގާސިމް އާ ކަރެކްޝަންސް އިން ހަވާލުވެއްޖެ

ތިން އަހަރާއި ދެ މަހަށް ޖަލަށް ލާން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާ މޯލްޑިވްސް ކަރެކްޝަންސް ސާވިސް އާ ހަވާލު ވެއްޖެއެވެ.
ދާދިފަހުން ދެންމެއަކު ގާސިމް އާ ކަރެކްޝަންސް އިން ހަވާލުވި އިރު ގާސިމް އޮންނެވީ ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ.
ކަރެކްޝަންސް އިން ގާސިމް އާ ހަވާލުވި ނަމަވެސް އޭނާ އަދިވެސް އޮންނެވީ އައިޖީއެމްއެޗް ގައެވެ. ނަމަވެސް އޭނާ އެހެން ތަނަކަށް ބަދަލު ކުރުމަށް ގޮތެއް ނިންމާނީ ބަލި ހާލަތު ރަނގަޅުވުމުން ކަމަށްވާ ކަރެކްޝަންސް އިން ބުނެއެެވެ.
ރޭ 11:00 ގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީޢަތުގައި ޤާސިމްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ދަޢުލަތުން ޤާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށައެޅުމުގެ ކުށުގައެވެ.
ޤާނޫނު އަސާސީ ބުނާ ގޮތުން އެއްއަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖިނާޢީ ޙުކުމެއް އައިސްފި ނަމަ އެމެންބަރަކު މެންބަރު ކަމުން ވަކިވާނެއެވެ. އެހެންކަމުން ޤާސިމްގެ މަޖިލިސް ގޮނޑިވެސް ވަނީ ގެއްލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ