އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އދ. ދަނގެތި، ކާމިނީގެ، މައުމޫން އަބްދުއްސަަމަދު އައްޔަންކުރައްވައިފި އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ އޭނާ އެ މަގާމަށް އައްޔަންކުރީ މީގެ ދެ މަސް ދުވަސް ކުރިން ކަމުގަ އެވެ. އަދި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އާސަންދަ އިން ރައްޔިތުންނަށް ފަސޭހަ އިން ހިދުމަތް ލިބޭ ގޮތްތަކެއް ހަމަޖައްސައިދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ހިދުމަތް ދެމުން ދާލެއް އަވަސް ވާނެ. އަނެއްކާ އާސަންދަ ލިބޭ ބޭރުގެ ހޮސްޕިޓަލް ތަކުގެ އަދަދު އިތުރުކޮށް ރައްޔިތުންނަށް ވީހާވެސް ރަގަޅު ހިދުމަތެއް ދިނުމަށް މަސައްކަތްތަކެއް ކުރެވެމުން މިދަނީ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވަނީ މީގެ ކުރިން ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާގެ މަގާމު ވެސް ފުރުއްވާފަ އެވެ. ނަމަވެސް މިހާރު އޭނާ އަކީ ޕީޕީއެމްގެ މެންބަރެކެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މައުމޫން ހުންނަވާއިރު އޭނާގެ ކޮއްކޮ އަބްދުލް ހަމީދު އަބްދުއްސަމަދު ހުންނެވީ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލް ހިންގުމާ ވެސް ހަވާލުވެވަޑައިގެން ހުންނެވީ ހަމީދު އެވެ.
އާސަންދަ އެމްޑީ އަކަށް މައުމޫން ހަމަޖައްސަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ