މަދަނީ ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހިލްމީގެ ބަދު އަހުލާގީ މައްސަލާގައި ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއިދު ކޮށްފިއެވެ.
އެމައްސަލާގައި ހައިކޯޓުގެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ ހިލްމީގެ މައްޗަށް އިއްވާފައިވާ ހުކުމު ބާތިލު ކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ދައުލަތުން ހިލްމީގެ މައްޗަށް އުފުލާފައިވަނީ އާއްމުތަނެއްގައި ބަދު އަހުލާގީ އަމަލު ހިނގި ކަމުގެ ކުށުގެ ދައުވާއެވެ. އެމައްސަލާގައި ހިލުމީއާއި އެމައްސަލާގައި ޝާމިލުވާ އަންހެން މީހާއާއި ދެމީހުން 15 އެތިފަހަރުން ތައުޒީރުކޮށް ހަމަސް ދުވަހަށް އަރުވާލަން ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ހިލްމީއާއި އޭނާ ބަދު އަހުލާގީ އަމަލު ހިނގި ކަމަށް ބުނާ އަންހެން މީހާ އަދި މިހާރުގެ އަނބިކަނބަލުން ސ. ފޭދޫ ހުސްނުހީނާގޭ އައިމިނަތު އަލީއެވެ.
ހައިކޯޓުގައި އެދެމީހުންގެ ފަރާތުން އަށް ކަމެއް ފާހަގަކޮށްފައިވެއެވެ.
އޭގެތެރޭގައި ކްރިމިނަލް ކޯޓުން އެމައްސަލަ ބެއްލެވި ފަނޑިޔާރު އަބުދުﷲ ދީދީގެ މަސްލަހަތު އެމައްސަލާގައި ހިމެނޭ ކަމަށް ހިލްމީއާއި އާމިނަތު އަލީގެ ފަރާތުން ކޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ އެމައްސަލަ ދަށު ކޯޓުން ބެލި އިރު ވެސް އަބުދުﷲދީދީއަކީ ޖޭއެސްސީގެ މެންބަރެއް ކަމަށެވެ. ނަމަވެސް އެނުކުތާ ދަށު ކޯޓުގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ.
ހިލްމީއާއި އާމިނަތު އަލީ މިހާރުވަނީ ކައިވެނިވެސް ކޮށްފައެވެ.
ކުރީގެ ގާޒީ ހިލްމީ އަރުވާލަން ކުރި ހުކުމަށް ހައިކޯޓުން ތާއިދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ