ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ބައްދަލުކުރައްވައިފި އެވެ.
ހޯމް މިނިސްޓަރ އަޒްލީން އަހުމަދު. ގާސިމާ ބައްދަލުކުރައްވާފައިވާ އިރު މި ބައްދަލުވުމުގައި ސްރީލަންކާއަށް ދިވެހި ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި ބައްދަލުވުން ހިނގި ވަގުތު ގާސިމްގެ އަރިހުގައި އާއިލާގެ ބޭފުޅުންވެސް ތިއްބެވި އެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާ އިރު ގާސިމް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މިކަމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، އައިޖީއެމްއެޗުގައި ގާސިމް އެޑްމިޓްކޮށްފައިވަނިކޮށް ހޯމް މިނިސްޓަރ ވަޑައިގެން ގާސިމްއާ ބައްދަލުކުރެއްވީ، އެމަނިކުފާނުގެ ހާލު އޮޅުންފިލުއްވުމަށް ކަމަށް ބެލެވޭ ކަމަށެވެ. ގާސިމް އިބްރާހިމްގެ ބޭސްފަރުވާ ލަސްވަމުންދާތީ އަވަސްކޮށްދިނުމަށް އެދި ހޯމް މިނިސްޓަރާއި ކަރެކްޝަންގެ ސަމާލުކަމަށް ގެނައުމަށް ހޯމް މިނިސްޓްރީއަށް ޖުމްހޫރީޕާޓީގެ ފަރާތުން ހޯމަ ދުވަހު ގޮސްފައިވެ އެވެ.
ގާސިމްގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ހޯމް މިނިސްޓަރ އަޒްލީން މީގެ ކުރިން ވިދާޅުވެފައިވަނީ ގާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ލިބެންޖެހޭ ބޭސްފަރުވާގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ވަގުތު ނަގާނަމަ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު އެބައޮތް ކަަމަށެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ތިން އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލު ހުކުމް ޣައިރު ހާސިރުގައިކޮށްފައިވާ އިރު އެ ހުކުމްގައި ބުނެފައިވަނީ ގާސިމްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބު ތަންފީޒުކުރުމަކީ، ރާއްޖެއިން ބޭރުން ހެދުމަށް ގާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ޓެސްޓްތައް ހެދުމާއި، ލިބެން ޖެހޭ ފަރުވާ ގާސިމަށް ލިބުމަށް އޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ