ޕާޓީތަކުގެ ބޮޑު ޖަލްސާ 23 ވަނަ ދުވަހުގެ ރޭ، ރައްޔިތުން މާލެ އެރުމަށް ގޮވާލައިފި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި މަހުގެ 23 ވަނަ ދުވަހުގެ ރޭ މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާނެކަން އިއުލާންކޮށްފައިއެވެ.
 
މ. ކުނޫޒުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި މަހުގެ 23 ވަނަ ދުވަހުގެރޭ މާލޭގައި ވަރަށް ހާއްސަ ޖަލްސާއެއް ބާއްވާން ނިންމާފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މި މަހުގެ 24 ވަނަ ދުވަހު ތާވަލްކޮށްފައިވަނިކޮށް، ބާއްވާ މި ޖަލްސާގައި ވީހާވެސް ގިނަ ރައްޔިތުން އަދި ހާއްސަކޮށް އަތޮޅުތެރޭގައި ދިރިއުޅޭ އިސްލާހީ މަސައްކަތަށް ތާއިދުކުރާ ރައްޔިތުން ބައިވެރިވުމަށް އަލީ ނިޔާޒު ވަނީ ގޮވާލާފައެވެ.
 
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މި ޖަލްސާ ބާއްވާނެތަނެން އިއުލާންކޮށްފައެއް ނުވެއެވެ.
 
އަލީ ނިޔާޒު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިހާރު އަތޮޅުތެރެއަށް ފާށާފައިވާ ދަތުރުތައް ކުރިއަށް އޮތް ހަފްތާ ބަންދުގައި ވެސް ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން މިހަފްތާގެ ބަންދުގައި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އިތުރުން ލ. އަތޮޅަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަލި ނިޔާޒު ވިދާޅުވިއެވެ. މި ރަށްތަކުގައި ހަފްތާ ބަންދުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޮޑު ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ