ގާސިމް އިބްރާހިމްގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ޖުމްހޫރީ ޕާޓީއިން ބުނެފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހިމްގެ ހާލު ކުރިއަށްވުރެ ރަނގަޅުވަމުން އަންނަ ކަމަށް ޖުމްހޫރީ ޕާޓީއިން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ޞާލިޙް މިއަދު ވިދާޅުވީ ޤާސިމް އިބްރާހީމް އަދިވެސް އޮންނެވީ އޭޑީކޭގެ އައިސީޔޫގައި ކަމަށެވެ. އެހެންނަމަވެސް އިއްޔެ އޭނާ އޭޑީކޭއަށް ގެންދިޔައިރަށްވުރެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އަލީ ޞާލިހް ވިދާޅުވިއެވެ.
ޤާސިމް އިބްރާހީމް އޭޑީކޭ ހޮސްޕިޓަލުގައި އިއްޔެ އެޑްމިޓް ކުރީ މެޔަށް ތަދުވެ، ނޭވާ ހާސްވުމާ ގުޅިގެންނެވެ. ނަމަވެސް އިތުރަށް ހާލު ސީރިއަސްވުމުން އޭނާވަނީ އައިސީޔޫއަށް ބަދަލުކޮށްފައެވެ.
ގާސިމް އޭޑީކޭއިން ފަރުވާ ހޯދަން ފެށީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން ޕާސްޕޯޓް ހިފަހައްޓައިފައިވުމުން، ރާއްޖެއިން ބޭރަށް ފުރާވަޑައި ނުގެންނެވުމުންކަމަށް އަލީ ޞާލިހް ވިދާޅުވިއެވެ.
ގާސިމް އެންމެ ފުރަތަމަ އެޑްމިޓް ކުރީ މެޑިކާ ހޮސްޕިޓަލްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ