ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދެއްވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އިސްކަންދަރުކޮށީގައި ފުލުހުން މިއަދު ބެއްވި ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވެފައި ވަނީ އަހްމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ މައްސަލަތަކެއް ވަނީ ހުށަހެޅިފައި ކަމަށެވެ.
ފުލުހުން މިހާތަނަށް ކުރި ތަހުގީގުން އެބޭފުޅާ އެގޮތަށް ކަން ކުރައްވާފައިވާ ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރަށް ޝިފާން ވިދާޅުވެފައި ވަނީ ރިޝްވަތު ދިނުމުގެ ބޮޑެތި މައްސަލަތަކެއްވަނީ ހުށަހެޅި ތަހުގީގު ކުރެވެމުންނެވެ. ރިޝްވަތުނެގުމަކީ ޖިނާއީ ބޮޑު ކުށެއް ކަމަށާއި އެފަދަ ކުށްތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ފުލުހުން ސާބިތުކަމާއި އެކު ތިބޭނެ ކަމަށް ވެސް ޝިފާން ވަނީ ވިދާޅުވެފައެވެ.
މިމައްސަލާގައި ފުލުހުން އެތައް ފަހަރެއްގެ މަތިން ފާރިސް ފުލުސް އޮފީހަށް ހާޟިރު ކޮށްފައިވެއެވެ. ނަމަވެސް މިކަމުގައި ފާރިސްގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފާރިސް މައުމޫން ރިޝްވަތު ދިން ކަމުގެ ހެއްކާއި ގަރީނާ އެބަހުރި ކަމަށް ފުލުހުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ