މައުމޫންގެ ވެރިކަމުގައި ތީމުގޭގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކުރާ ތަހުގީގަކަށް ބައެއް ކަންކަން ސާފުކުރަން ބޭނުންވާނަމަ އޭސީސީއަށް ވަޑައިގަންނަވާނެކަމަށާ އޭސީސީގެ މެންބަރުން އެމަނިކުފާނާއި ހަމައަށް ވަޑައިގަންނަން ނުޖައްސާނެކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މައުމޫންގެ ވެރިކަމުގައި ތީމުގޭގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކުރާ ތަހުގީގަކަށް ބައެއް ކަންކަން ސާފުކުރަން ބޭނުންވާކަމަށް އޭސީސީން ބުނުމާއި ގުޅިގެން މީގެ ކުޑައިރުކޮޅެއްގެ ކުރިން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވީ ރިޔާސީ ގަނޑުވަރު ތީމުގޭގެ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެ މައްސަލަ އޭސީސީން ބަލާނަމަ އޭސީސީއަށް އެމަނިކުފާނު ވަޑައިގަންނަވާނެކަމަށެވެ. އަދި އޭސީސީގެ މެންބަރުން އެމަނިކުފާނާއި ހަމައަށް ވަޑައިގަންނަން ނުޖެހޭނެކަމަށް ރައީސް މައުމޫން ވިދާޅުވެފައިއެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ރައީސް މައުމޫން އޭސީސީއަށް ހާޒިރުވެވަޑައިގަތުމަށް އަމުރެއް ފޮނުވާފައި ނުވާނެ ކަމަށެވެ.
އެކަމަކު އެމަނިކުފާނުގެ ވެރިކަމުގައި ތީމުގޭގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކުރާ ތަހުގީގަކަށް ބައެއް ކަންކަން ސާފުކުރަން ބޭނުންވާތީ، އޭސީސީން އެމަނިކުފާނުގެ އަރިހަށް ދިއުމަށް ބޭނުންވާތީ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއާއި، ކުރީގެ ރައީސުންނާއި، އުއްތަމަ ފަނޑިޔާރާއި، އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މަޖިލީހުގެ ކުރީގެ ރައީސުން އޭސީސީއަށް އެއްވެސް މައްސަލައެއްގައި ހާޒިރުކުރުމުގެ ބަދަލުގައި، އެބޭފުޅަކާ މެދު ޝަކުވާއެއް ހުށަހެޅިއްޖެނަމަ، ބަޔާން ނަގާނީ އަރިހަށް ގޮސްގެން ކަމަށް ވެސް ލުތުފީ ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު އޭސީސީއަށް ހަޒިރުވާއިރު، އެތަނަށް މީޑިއާތަކުންވެސް ދާންޖެހޭނެކަމަށެވެ. އަދި މުޅި ގައުމު މިކަން ދެކި އަޑުއަހަންޖެހޭނެކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫނާއިމެދު ކުރެވޭ ތުުހުމަތުތަކާއި ގުޅޭގޮތުންވެސް އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް މައުމޫން ވިދާޅުވީ ކަމުގެ ހަގީގަތް އެނގުމުގެ ހައްގު ތައްޔިތުންނަށް އެބައޮތްކަމަށެވެ.
އޭސީސީއަށް ދާނީ އަޅުގަނޑު. އޭސީސީ އަޅުގަނޑާއި ހަމައަށް އަންނާކަށް ނުޖައްސާނަން. މީޑިއާތައްވެސް އެތަނަށް ދާންޖެހޭނެ. މުޅި ގައުމު މިކަން ދެކި އަޑުއަަހަންޖެހޭނެ
ކަމުގެ ހަގީގަތް އެނގުމުގެ ހައްގު ރައްޔިތުންނަށް އެބައޮތް." ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން ވިދާޅުވީ ފޮރުވަންޖެހޭ ފަދަ އެއްވެސްކަމެއް އެމަނިކުފާނު ކުރައްވާފައިނުވާނެކަމަށެވެ.
އޭސީސީއަށް ވަޑައިގަންނަވާނެކަމަށާ އޭސީސީގެ މެންބަރުން އެމަނިކުފާނާއި ހަމައަށް ވަޑައިގަންނަން ނުޖައްސާނެކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާއިރު، ރިޔާސީ ގަނޑުވަރު ތީމުގޭގެ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެރައީސް މައުމޫންގެ ބަޔާނެއް ނެގުމަށް ބޭނުންވެގެން އޭސީސީން އެމަނިކުފާނަށް ސިޓީއެއް ވަނީ ފޮނުވާފައެވެ.
ތީމުގޭގެ އޮޑިޓް ރިޕޯޓުގެ މައްސަލައިގައި ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން އަދި ރައްޔިތންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް އޭސީސީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.
އޭސީސީއަށް ދާނަން، އޭސީސީން އަޅުގަނޑާއި ހަމައަށް އަންނާކަށް ނުޖައްސާނަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ